ކުޑަ އައްޔަ ބަލިކޮށް ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ފުވައްމުލަކުގެ އަޝްރަފަށް
މިހާރު
21 ނޮވެމްބަރު 2025 | ހުކުރު | 4:59
ފައިނަލްގައި އަލީ ޚުޝްރުވާން އަހުމަދު (ކުޑަަ އަައްޔަ) ބަލިކޮށް ގައުމީ ބަނޑުފިލާ ޗެލެންޖްގެ މެންސް އޯޕަން ޗެމްޕއިަންކަން ޏ. ފުވައްމުލަކުގެ އަޝްރަފް ހަސަން ހޯދައިފި އެވެ.
މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖްގެ ފައިނަލްގައި އިއްޔެ އަޝްރަފް ވަނީ ކުޑަ އައްޔައާ ވާދަކޮށް ޖުމްލަ 13 ޕޮއިންޓް ހޯދައި، 2.23 ޕޮއިންޓުގެ ތަފާތަކުން މޮޅުވެފަ އެވެ.
ގައުމީ ބަޑުފިލާ ޗެލެންޖްގެ ސެމީ ފައިނަލްގައި އަޝްރަފް ވަނީ ލީގުގެ ފުރަތަމަ ދެ މުބާރާތް ވެސް ކާމިޔާބުކުރި އާމިން އުމަރު މޫސާއާ ވާދަކޮށް މޮޅުވެފަ އެވެ. އަދި ކުޑަ އައްޔަ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި މުހައްމަދު ކައިފް ބަލިކޮށްފަ އެވެ.