ދިވެހި ފިލްމު އިންޑަސްޓްރީއަށް ރައީސްގެ އިލްތިމާސް: އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ކަންކަން ނުކުރޭ!

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 6:32

އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށާއި ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ދިވެހި ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް މީގެ އިރުކޮޅެއް ކުރިން އެކްސްގައި އެ ކަމަށް އެދިވަޑައިގަތީ، އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު "ލިލީ" ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ދިޔަ ފިރިހެނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.

ސީދާ އެ މައްސަލައިގެ ވާހަކަ ރައީސްގެ ޕޯސްޓުގައި ވިދާޅުނުވި ނަމަވެސް އެ މަނިކުފާނުގ ވިދާޅުވީ، އިސްލާމްދީނުގެ ހުދޫދުން ބޭރު ނުވެ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށެވެ.

މައުޟޫޢުތަށް