ދުބާއީ އެއާޝޯގައި އިންޑިއާގެ ފައިޓަ ޖެޓެއް ވެއްޓި ޕައިލެޓް މަރުވެއްޖެ
މިހާރު
21 ނޮވެމްބަރު 2025 | ހުކުރު | 7:05
ދުބާއީގައި މިހާރު ކުރިއަށްދާ އެއާޝޯގައި އިންޑިއާގެ ފައިޓަ ޖެޓެއްގެ ގާބިލްކަން ދައްކާލުމުގެ ތެރޭގައި ޖެޓް ވެއްޓި އޭގެ ޕައިލެޓް މަރުވެއްޖެ އެވެ.
ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އިން އުފައްދާފައިވާ ޖެޓް ވެއްޓުނީ ވަރަށް ތިރިން ދުއްވަމުން ޖެޓް ރޯލްކޮށްލުމާ އެކުގައި ކަމަށް މަންޒަރު ދުށް މީހަކު އޭއެޕްޕީ އަށް ބުނެފައިވެ އެވެ. ޖެޓް ވެއްޓުނީ ޝޯ ކުރިއަށްދިޔަ ހިސާބާ މޭލެއް (1.6 ކިލޯމީޓަރު) ގެ ދުރުމިނަށް ކަމަށާއި ޖެޓް ވެއްޓުމާ އެކު ހުޅުގަނޑު ފަޅައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"އިންޑިއާއިން ދުބާއީ އެއާޝޯގައި ބައިވެރިކުރި ތޭޖާސް ފައިޓާ އެއާކްރާފްޓެއް މިއަދު ވެއްޓި އެ ހާދިސާގައި ޕައިލެޓް ވަނީ މަރުވެފައި،" ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.