ލަންކާ ސިފައިން އަނެއްކާވެސް ޑްރަގް ބޯޓެއް އަތުލައިގެންފި، ހަތިޔާރު ވެސް ހުރި

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 8:05

ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެއްޗާ އެކު ދަތުރުކުރި މަސްބޯޓެއް އަނެއްކާވެސް އަތުލައިގެންފި އެވެ.

ސްރީ ލަންކާގެ ނޭވީން ބުނި ގޮތުގައި ކަނޑުމަތިން ހިފެހެއްޓުމަށް ފަހު އިއްޔެ ލަންކާ ބަނދަރަށް ގެންދިޔަ ބޯޓުގައި 115 ކިލޯގެ ހެރޮއިން އާއި 261 ކިލޯގެ ކްރިސްޓަލް މެތު ހުއްޓެވެ. މި ތަކެތި ހުރީ ފަސް ބަސްތާގައި ކަމަށާއި ވަކިވަކި 200 ޕެކެޓް އޭގެ ތެރޭގައި ހުރި ކަމަށް ސިފައިން ބުންޏެވެ. މި ތަކެތި ހުރި ބޯޓުގައި ތިބި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެންނަކީ ވެސް ލަންކާ މީހުންނެވެ.

ސިފައިން ބުނީ މި ބޯޓުން ފިސްތޯލައަކާއި ރިވޯލްވާއަކާއި އޭގައި ބޭނުންކުރާ ދެ މެގަޒިން ވެސް ފެނުނު ކަމަށެވެ. އަދި މުއާސަލާތުކުރުމަށް ބޭނުންކުރި ސެޓެލައިޓް ފޯނު ވެސް ވަނީ ފެނިފަ އެވެ.

މައުޟޫޢުތަށް