ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން އަށް
މިހާރު
22 ނޮވެމްބަރު 2025 | ހޮނިހިރު | 12:05
ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖްގެ މެންސް ޖޫނިއާ ޗެމްޕިއަންކަން ހޯދައި އިޔަން އަހުމަދު، ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
އިޔަން ވަނީ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ފައިނަލް ހީޓުގައި ށ. ކަނޑިތީމުގެ އަބްދުލް އަހަދާ ވާދަކޮށް 12.10 ޕޮއިންޓް ހޯދައިފަ އެވެ. އަހަދަށް ލިބުނީ 8.93 ޕޮއިންޓެވެ.
އަހަދު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ހީޓުގައި، މިދިޔަ އަހަރުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްގެން ލީގު ޗެމްޕިއަންކަން ހޯދި މުހައްމަދު އަޒާން އަހުމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އިޔަން ވަނީ ސެމީގައި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް މޮޅުވެފަ އެވެ.