މައުލޫމާތު ނުދީގެން ގާފަރު ސްކޫލަށް ދައުވާ ކޮށްދޭން އެދިއްޖެ
މިހާރު
21 ނޮވެމްބަރު 2025 | ހުކުރު | 8:59
ގާނޫނުގެ ދަށުން ވެސް މައުލޫމާތު ނުލިބިގެން، ކ. ގާފަރު ސްކޫލާ ދެކޮޅަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދުނު މުއްދަތުގައި އެކަން ނުކުރުމާއި އެ ނިންމުން އިސްތިއުނާފު ނުކޮށް އޮތުމުން، ގާފަރު ސްކޫލަށް ދައުވާ ކޮށްދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، މިދިޔަ މަހުގެ 30 ގައި ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.