ތާރީހީ ދުވަހެއް: ހުރިހާ މެޗަކުން މޮޅުވެ ޑޭވިސް ކަޕްގެ ގުރޫޕް އެއްވަނަ ރާއްޖޭން ހޯދައިފި

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 8:33

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ޓެނިހުގެ ޓީމު އިވެންޓްގައި އެންމެ ބޮޑު މުބާރާތް ޑޭވިސް ކަޕްގެ އޭޝިއާ އޯޝޭނިއާގެ ގުރޫޕް ޑީގެ އެއްވަނަ ރާއްޖޭން ހޯދައިފި އެވެ.

ޑޭވިސް ކަޕްގައި ރާއްޖޭން ވާދަކުރަން ފެށީ 2022 ގަ އެވެ. މިއީ ގުރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖެ ހިމެނެނީ ޑޭވިސް ކަޕްގެ ފަސްވަނަ މަރުހާލާގަ އެވެ. އޭޝިއާ އޯޝޭނިއާގެ ފަސްވަނަ މަރުހަލާގެ ގުރޫޕްގެ މެޗުތައް ކުރިއަށް ދަނީ ބަހްރޭނުގަ އެވެ.

މައުޟޫޢުތަށް