ވަކި ފަނޑިޔާރަކަށް ވާތީ ތަހުގީގު ކުރުމަށް ސަމާލުކަން ނުދެން: ޖޭއެސްސީ

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 11:06

ޖޭއެސްސީން ބުނީ މި އަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަަތައް ބެލުމަށް ފަހު ސާބިތުވެ، ފިޔަވަޅު އަޅަން ނިންމީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 3.4 ޕަސެންޓަށް ކަމަަށް. އެއީ ހަ ފަނޑިޔާރުން.

ވަކި ފަނޑިޔާރަކަށް ވާތީ ތަހުގީގުކުރުމަށް ސަމާލުކަން ނުދޭ ކަމަށާއި ބަލަނީ ހުށަހަޅާ ޝަކުވާ އާއި ހެކިތަކަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނެފި އެވެ.

އެ ކޮމިޝަނުން އެހެން ބުނީ، ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށުމާ ގުޅިގެން ކުރީގެ ބައެއް ފަނޑިޔާރުންނާއި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ދިފާއުގައި ނެރުނު ބަޔާނެއްގަ އެވެ.

މައުޟޫޢުތަށް