ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީގެން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދު

މިހާރު

21 ނޮވެމްބަރު 2025 | ހުކުރު | 9:45

ފަރުވާ ހޯދަން ދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން، ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި އެންޑީއޭގެ މުވައްޒަފު ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މަސްތުން ސަލާމަތްވުމުގެ ފަރުވާ އަށް އެންޑީއޭ އަށް ދާ މީހުންނަށް، މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ އިދާރާ އިން މި މަހުގެ 4 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅިގެން، އެންޑީއޭގައި ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި އައްޑޫ ފޭދޫ، މުހައްމަދު ފަސީހު، 51، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ އެވެ.

މައުޟޫޢުތަށް