މޯލްޑިވިއަންގެ އަގުހެޔޮ ދަތުރުތަކެއް އަންނަ މަހު ކޮލަންބޯ އަށް

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 12:28

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ މަހުގެ ދެ ދުވަހެއްގައި ސްރީ ލަންކާގެ ކޮލަންބޯ އަށް ދަތުރު ކުރުމަށް އަގު ހެޔޮ ފެއާއެއް އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި، ފެއާގައި ޓިކެޓު ވިއްކާނީ 99 ޑޮލަރަށެވެ. ދަތުރުތައް ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު ހަތެއް ވާ އާދިއްތަ ދުވަހާއި ނުވައެއް ވާ އަންގާރަ ދުވަހު އެވެ.

މޯލްޑިވިއަން އިން ނިންމާފައި ވަނީ 152 މީހުންގެ ޖާގައިގެ A-320 ގެ މަތިންދާބޯޓުގައި މި ހާއްސަ ފެއާގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް 35 ކިލޯގެ ބެގޭޖު އެލަވަންސެއް ދޭ ގޮތަށެވެ.

މައުޟޫޢުތަށް