މަމްދާނީއާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕުގެ ރާގު ބަދަލުވެއްޖެ

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 6:41

ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިހާބުކޮށްފައިވާ ޒަހްރާން މަމްދާނީއަށް މީގެ ކުރިން ބަހުގެ ހޫނު ހަމަލާތަކާއި އިންޒާރުތައް ދެއްވާފައި ވިޔަސް އޭނާއާ އެކު އޯވަލް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕު އުންމީދީ ވާހަކަތަކެއް ދައްކަވައިފި އެވެ.

ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ޓްރަމްޕު ވިދާޅުވީ މިއީ "ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް" ކަމަށެވެ.

އެމެރިކާއަށް ހިޖުރަކުރި ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ އަކީ "ޖިހާދީ ފިކުރު" ގެ ބޭފުޅެއް ކަމަށާއި އޭނާގެ ރަށްވެހިކަން ވެސް އަތުލާނެ ކަމަށް ވިދާޅުވެ ޓްރަމްޕު ވަނީ މޭޔަރުކަމުގެ އިންތިހާބުގެ ތެރޭގައި އިންޒާރު ދެއްވައިފަ އެވެ. އަދި މަމްދާނީގެ އާދަޔާ ހިލާފް ކާމިޔާބީއަށް ފަހު ޓްރަމްޕު ވަނީ އެމެރިކާގެ "އިސްތިގުލާލް ގެއްލިއްޖެ" ކަމަށް ވެސް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް