ބޮޑީވޯން ކެމެރާ ހޯދައިދިނުމުގައި އޮޅުވާލުމެއް ނޯންނާނެ: ޒެޓާ

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 1:20

ފުލުހުންގެ އިދާރާއިން 2022 ވަނަ އަހަރު ބޮޑީވޯން ކެމެރާ ހޯދައިދިނުމުގައި އެއްވެސް ކަމެއް އޮޅުވާލައި، އުސޫލުން ބޭރުން ކަމެއް ކޮށްފައި ނުވާނެ ކަމަށް ޒެޓާ އެންޓަޕްރައިޒަސް އާއި ޒެޓާ ޓެކްނޮލޮޖީސްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

އެ ދެ ކުންފުނީގެ ވަކީލުންގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، ފުލުހުން 1،400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދިޔަ ޓެންޑާގައި ޒެޓާސް އެންޓަޕްރައިޒަސް ޓެންޑަރު އެވޯޑު ނުކުރުމަށް ޓެންޑާ ބޯޑުން މައިގަނޑު ގޮތެއްގައި ނިންމާފައި ވަނީ އެ އުސޫލުން ޓެންޑާ ކުރިއަށް ގެންދަން އެ ބޯޑަށް ނުފެންނާތީ އެވެ.

މައުޟޫޢުތަށް