ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލިއްޖެ
މިހާރު
22 ނޮވެމްބަރު 2025 | ހޮނިހިރު | 11:08
ވަކި ދެ މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަންގެ ސިނގިރެޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ 32 ކާޓަންގެ ސިނގިރޭޓަކީ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.