ޗެލްސީގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 11:52

ލަންޑަން (ނޮވެމްބަރު 22) - ޗެލްސީގެ ތަރި ކޯލް ޕާމާ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އަންނަން ގާތް ވެފައި ވަނިކޮށް އޭނާއަށް އިތުރު އަނިޔާއެއް ކުރިމަތިވެއްޖެ އެވެ.

ޕާމާއަށް އަނިޔާވީ، ގޭތެރޭގައި އުޅެނިކޮށް އޭނާގެ ވާތު ފައިގެ ކުޑަވައި އިނގިލި ތަނެއްގައި ޖެހިގެންނެވެ.

މިދިޔަ އޮގަސްޓް މަހު ގްރޮއިން އިންޖަރީއަކާ ގުޅިގެން އޭނާ އަށް ދެ މެޗު ގެއްލުނު އިރު އެނބުރި އައިސް ވަނީ ލީގުގައި ބްރެންޓްފޯޑާއި ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކާ ދެކޮޅަށް ލަނޑު ޖަހައިފަ އެވެ. ނަމަވެސް ޖެހިގެން އައި މެޗުގައި ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެނިކޮށް އޭނާގެ އަނިޔާ މާ ސީރިއަސް ވެގެން ޖެހުނީ ދަނޑުން ބާލާށެވެ.

މައުޟޫޢުތަށް