ބަލިކަށި މަގަތުފާލަމަކާ ހެދި ވިޔަފާރި ބަނދަރު ބޮޑު ރިސްކެއްގައި!
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 9:27
މަގަތުފާލަން ބަލިކަށިވެ، ބޮޑެތި ބޯޓުތަކަށް ކައިރި ނުކުރެވޭތީ މުދާ ބާލަން ވެސް ދަނީ ލަންކާ އަށް. މޮބައިލް ކެރޭނު ހަރުކުރާނެ ބާރެއް މަގަތުފާލަމަކު ނެތް.
ކޮންޓެއިނަރު ކެރޭނުގައި އަޅުވަން، ކޮންޓެއިނަރުތަކުގެ މަތީގައި ތިން މީހުން ތިއްބެވެ. އެ މީހުން ތިބީ ކޮންޓެއިނަރުތައް މަތިން ކައްސާލައިގެން ބޭރަށް ވެއްޓެން ދިމާވެއްޖެ ހާލަތެއްގައި ރައްކާތެރިކަމާ އެކު ތިބެވޭ ފަދަ "ސޭފްޓީ"އެއް ވެސް އަޅައިގެންނެއް ނޫނެވެ. އެކަމަކު، މި މަންޒަރު ފެންނަ މީހަކަށް ބޮޑު ވާނީ އެ މީހުން ސޭފްޓީ ނޭޅި މައްސަލަ އެވެ.
ނަމަވެސް ކެރޭނުގެ ބަރު ހުކް ދެކޮޅަށް ދުއްވައިގަތުމާ އެކު، އޭގައި ނުޖެހި ނެއްޓެން އެ ތިން މީހުން އުޅެން ޖެހުނު ގޮތް ފެނުނީމާ ސޭފްޓީ ނާޅަން ޖެހޭ ސަބަބު ވިސްނޭނެ އެވެ.