އާމިން ފުރަތަމަ ފަހަރަށް ގައުމީ ލީގު ކާމިޔާބުކޮށްފި
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 8:33
މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފި އެވެ.
ލީގުގެ ފުރަތަމަ ދެ މުބާރާތުގެ ފައިނަލްގައި އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާ ވާދަކޮށް މޮޅުވި އާމިން، ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖް ނިންމާލީ ސެމީ ފައިނަލާ ހަމައިންނެވެ. ސެމީގައި، އަޝްރަފް ހަސަން އަތުން ބަލިވި ނަމަވެސް އޭނާއަށް ލީގު ޗެމްޕިއަންކަން ލިބުނީ ފައިނަލްގައި ކުޑަ އައްޔަ، އަޝްރަފް އަތުން ބަލިވުމުންނެވެ.
މިއާ އެކު އާމިން ވެފައި ވަނީ ގައުމީ ލީގުގެ ޖޫނިއާ ބަޔާއި އޯޕަން ބައިގެ ޗެމްޕިއަންކަން ވެސް ހޯދި ފުރަތަމަ އެތުލީޓަށެވެ. އޭނާ ޖޫނިއާ ލީގު ޗެމްޕިއަންކަން ނެގީ 2022 އަދި 2023 ގަ އެވެ.