އަހަންނަކީ "ސްޓާ ކިޑެއް" ނޫން: އަހާން

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 6:56

އޭނާއަކީ "ސްޓާ ކިޑެއް" ނޫން ކަމަށް ބޮލީވުޑަށް އަލަށް ތައާރަފުވި އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކްޓަރު އަހާން ޕާންޑޭ ބުނެފި އެވެ.

އަހާން އެގޮތަށް ބުނީ ޖީކިއު އިންޑިއާއަށް މިދިޔަ ބުރާސްފަތި ދުވަހު ދިން އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި އޭނާއާ ކުރި އެއް ސުވާލަކީ "ސްޓާ ކިޑް"އަކަށް ވާތީ އާންމުން އެކަމާ މެދުގައި ދެކޭގޮތާ މެދުގައި އޭނާގެ ހިޔާލަކީ ކޮބައިހެއްޔެވެ؟

އޭގެ ޖަވާބުގައި އަހާން ބުނީ އޭނާގެ ބޮޑުބޭބެ ޗަންކީ ޕާންޑޭއަކީ ސްޓާރެއް ނޫން ކަމަށެވެ. އެކަމަކު، އޭނާގެ ގާތް ރައްޓެހިންގެ ގޮތުގައި ތިބި "ސްޓާ ކިޑްސް"ގެ ފަރާތުން އެއްޗެއް ބުނާ ނަމަ، އެ އެންމެންނަށް ވެސް ކުރިމަތިވެފައި ހުރީ ތަފާތު ތަޖުރިބާތަކެއް ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް