"ދަ ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 7:02
"ދަ ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ނޮވެމްވަރު 20 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
"ދަ ހަންގާ ގޭމްސް: ސަންރައިޒް އޮން ރީޕިން" ރިލީޒްކުރާ ތާރީޚު އިއުލާންކޮށް، އެ ފިލްމުގެ ކުރު ޓީޒާއެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފަ އެވެ. މިއީ އެ ފްރެންޗައިޒްގެ ދެވަނަ ޕްރީކުއެލް ފިލްމެވެ.
އެ ފިލްމު ގެނެސްދޭ ލޯންގްސްލޭޓުން އާންމުކުރި ޓީޒާއިން އެނގޭ ގޮތުގައި، ފިލްމުގައި ދައްކާނީ "ހަންގާ ގޭމްސް"ގެ ކުރީގެ ފިލްމުތަކުގައި ވުޑީ ހެރެލްސަން ކުޅުނު ހޭމިޗް އެބަނަތީ ކެރެކްޓާގެ އޮރިޖިން ސްޓޯރީ އެވެ. އެއީ "ހަންގާ ގޭމްސް"ގެ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ 25 އަހަރު ކުރި އެވެ. މި ފިލްމުގައި ހޭމިޗްގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅެނީ އޮސްޓްރޭލިއާގެ އެކްޓަރު ޖޯސެފް ޒަޑާ އެވެ.