ސާފް ފުޓްސަލް މުބާރާތުގައި ރާއްޖެއަށް ކޯޗުކޮށް ދޭނީ އުޒްބެކިސްތާނުގެ ގައުމީ ކޯޗު ޒަކިރޯވް

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 4:27

ޖެނުއަރީ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ކޯޗުގެ މަގާމު އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވްއާ ހަވާލުކޮށްފި އެވެ.

ޒަކރޯވާ އެކު އެފްއޭއެމުން އެއްބަސްވުން ހެދީ ތިން މަސްދުވަހުގެ ނިޔަލަށެވެ. އޭނާގެ ކޮންޓްރެކްޓް ފަށާނީ އަންނަ މަހު އެކެއްގަ އެވެ. ކޮންޓްރެކްޓް ހަމަވާނީ ޖެނުއަރީ 31 ގަ އެވެ.

އެފްއޭއެމުން ބުނި ގޮތުގައި ޒަކިރޯވަކީ އުޒުބެކިސްތާނުގެ ފުޓްސަލް ލީގުގެ ކްލަބް، ނެފްޗީގައި ވެސް މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރެކެވެ.

މައުޟޫޢުތަށް