ނައިޖީރިއާގައި 300 އަށްވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ރަހީނުކޮށްފި

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 7:32

އެފްރިކާގެ އެންމެ ބޮޑު އާބާދީ އޮންނަ ނައިޖީރިއާގައި ހަތިޔާރު އެޅި ބަޔަކު ކްރިސްޓިއަން ސްކޫލަކަށް ވަދެ 300 އަށް ވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން މިއަދު ރަހީނުކޮށްފި އެވެ.

ނައިޖީރީގައި މިފަދަ އަމަލުތައް ގިނަވެ ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައި އޮއްވައި މިއަދު ރަހީނުކުރީ އެ ގައުމުގެ މެދުތެރޭގައި އޮންނަ ނައިޖާ ސްޓޭޓްގައި ހުންނަ ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންނެވެ. އަދި މިދިޔަ ހޯމަ ދުވަހު ވެސް ސްކޫލަކުން 25 އަންހެން ދަރިވަރުން ރަހީނުކުރި އެވެ.

މިއީ ދަރިވަރުން ރަހީނުކުރުމުގެ ހާދިސާތައް ގިނަ ނައިޖީރިއާގައި ހިންގި މިފަދަ އެންމެ ބޮޑު އެއް ހާދިސާ އެވެ.

މައުޟޫޢުތަށް