ފަތޯ އަލުން ގައުމީ ޓީމުން ޖާގަ ހޯދުމުގެ މަސައްކަތް: ލަނޑުޖަހައި މާޒިޔާ މޮޅުކޮށްދިނުމުގައި ހިއްސާ
މިހާރު
22 ނޮވެމްބަރު 2025 | ހޮނިހިރު | 8:16
އަހްމަދު އައިހަމް (ފަތޯ) ލަނޑުޖަހައި ވިކްޓަރީގެ މައްޗަށް މާޒިޔާ މޮޅުކޮށްދިނުމުގައި ހިއްސާވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއިން ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 3-0 ންނެވެ.
މިދިޔަ އިންޓަނޭޝަނަލް ބްރޭކަކީ މާޒިޔާގެ މީޑްފީލްޑަރު އަހިހަމް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ހަފުތާ އެވެ. ގައުމީ ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިއުމުން، އޭނާ ގައުމީ ޓީމުން ބޭރު ކުރި އެވެ.