އޮޑިޓު އޮފީހުން ބުނާ ގޮތަށް ކުލި ކަނޑައަޅައިފި ނަމަ ލިބޭ ގެއްލުން ބޮޑު: ފިއްލަދޫ ކައުންސިލް

މިހާރު

22 ނޮވެމްބަރު 2025 | ހޮނިހިރު | 11:01

ހއ. ފިއްލަދޫން ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ބިންތަކަށް އޮޑިޓް އޮފީހުން ބުނާ ގޮތަށް ކުލި ކަނޑައަޅައިފި ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ބުނެ އެ ރަށު ކައުންސިލުން ރައްދު ދީފި އެވެ.

ފިއްލަދޫ ކައުންސިލުން މިދިޔަ އަހަރު ބަޖެޓު ހޭދަކުރީ އެ އަހަރަށް ކައުންސިލު ބަޖެޓު ފާސްކުރި ގޮތާ އެއްގޮތަށްތޯ ބެލުމަށް ހަދާފައިވާ އޮޑިޓްގައި ބުނެފައިވާ ގޮތުން، ޓޫރިޒަމަށް ބިން ދޫކުރަން ތައްޔާރުކޮށްފައިވާ އުސޫލާ ހިލާފަށް ކައުންސިލް އިދާރާ އިން ޕްރޮޕޯސަލްތައް އިވެލިއޭޓްކުރުމާއި ޕްރޮޕޯސަލްތަކާ ހިލާފަށް އެއްބަސްވުންތައް ތައްޔާރުކުރުމުގެ ސަބަބުން އެ އެއްބަސްވުންތަކުގެ މުއްދަތުގައި 69.9 މިލިއަން ރުފިޔާގެ ގެއްލުން ވާނެ އެވެ.

އެ ރިޕޯޓަށް ރައްދު ދީ، ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ކައުންސިލުން ދީފައިވާ މައުލޫމާތާއި ކޮށްފާއިވާ ކޮމެންޓުތަކާއި ކައުންސިލުން އާއްމުކޮށްފައިވާ އުސޫލަށް އޮޑިޓް ރިޕޯޓުގައި ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

މައުޟޫޢުތަށް