ފޮރެސްޓުން އެންފީލްޑުގައި ލިވަޕޫލް ފުނޑުފުނޑު ކޮށްލައިފި

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 6:57

ލިވަޕޫލް (ނޮވެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓްނަމް ފޮރެސްޓުން ލިވަޕޫލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވެއްޖެ އެވެ.

އެންފީލްޑުގައި ރޭގެ މެޗުގެ 33 ވަނަ މިނިޓުގައި ފޮރެސްޓަށް ލީޑު ނަގައިދިނީ ޑިފެންޑަރު މުރީލޯ އެވެ. އަދި ދެވަނަ ހާފު ފެށުނުތަނާ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ނިކޯލޯ ސަވޯނާ އެވެ. ތިންވަނަ ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ މޯގަން ގިބްސް-ވައިޓް އެވެ.

މިއީ، މި ސީޒަނަށް ކުޅުންތެރިން ގަންނަން 450 މިލިއަނެއްހާ ޕައުންޑް ހަރަދުކުރި އާނޭ ސްލޮޓްގެ ލިވަޕޫލް އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ހަވަނަ މެޗެވެ. އަދި އަމިއްލަ ދަނޑުގައި އެ ޓީމު ލީގުގައި ބަލިވި ދެވަނަ މެޗެވެ.

މައުޟޫޢުތަށް