ޑޭވިސް ކަޕްގެ އަނެއް ޑިވިޝަނަށް ރާއްޖެއަށް ކޮލިފައި ނުވެވުނު!

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 11:10

އުތުރު މެރިއާނާ ޖަޒީރާ އަތުން ބަލިވެ ޑޭވިސް ކަޕްގެ އަނެއް ޑިވިޝަނަށް ރާއްޖެ ޕްރޮމޯޓް ނުވެ މަޑުޖެހިއްޖެ އެވެ.

ޓެނިހުގެ ޓީމު އިވެންޓްގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ އޮތީ ފަސްވަނަ މަރުހަލާ ނުވަތަ ޑިވިޝަނުގަ އެވެ. އެ ޑިވިޝަނުގައި ރާއްޖެ ކުޅުނު ގުރޫޕް ޑީގެ އެއްވަނަ ހޯދައި ޕްލޭއޮފް މެޗުން ޖާގަ ހޯދި އެވެ.

ގުރޫޕް ޑީގައި ކުޅުނު ތިން މެޗުގައި ތަޖިކިސްތާން، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި މަކާއޯގެ މައްޗަށް ކުރި ހޯދައި ގުރޫޕްގެ އެއްވަނަ މަގާމާ އެކު ރާއްޖޭން ތިބީ އަނެއް ޑިވިޝަނަށް ކޮލިފައިވުމުގެ ބޮޑު އުއްމީދެއްގަ އެވެ. ޑޭވިސް ކަޕްގައި ގުރޫޕްގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ރާއްޖޭން ގުރޫޕްގެ އެއްވަނަ ހޯދީ މުޅިން އަލަށެވެ. އެ މުބާރާތުގައި ރާއްޖޭން އެންމެ ފުރަތަމަ ވާދަކުރަން ފެށީ 2022 ގަ އެވެ.

މައުޟޫޢުތަށް