ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތަފްސީލެއް ނެތް!

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 12:46

ޑްރަގުގެ ވިޔަފާރި ހުއްޓުވަން މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި 92 މީހުންގެ ތަފްސީލު ފުލުހުންނާއި ހޯމް މިނިސްޓްރީން އަދިވެސް ހާމައެއް ނުކުރެ އެވެ.

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި 100 ސަރަހައްދެއްގައި އެއްފަހަރާ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި 92 މީހުންނަކީ ވެސް ޑްރަގްގެ ވިޔަފާރީގެ އެކި މަރުހަލާގައި އުޅުނު މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން "މިހާރު"ން ސުވާލުކުރުމުން މިނިސްޓަރު އޭރު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ ކަމަށެވެ. އެގޮތުން ކުދި، މެދުފަންތި އަދި އެންމެ މަތީ ފަންތީގައި އެ ކުށަށް އަރައިގަންނަ މީހުން ވެސް ހިމެނޭ ކަމަށެވެ.

މައުޟޫޢުތަށް