މުސާރައަށް 15-150 ޕަސެންޓުގެ ކުރިއެރުމެއް ލިބުނު: ޕޭ ކޮމިޝަން
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 2:41
އަސާސީ މުސާރައަށް ގެނައި ބަދަލުތަކުން ސިވިލް ސާވެންޓުންނަށް 15-150 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ އިސް އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ ސިއްހީ އަދި ތައުލީމީ ދާއިރާ ފިޔަވައި އެހެން އިދާރާތަކުގެ މުސާރައަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ ކަމަށެވެ. އަދި އަލަށް އެކުލަވާލި އޮނިގަނޑުގައި 400 އަށްވުރެ ގިނަ މެޓްރިކްސް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގައި އެންމެ ގިނަ މުވައްޒަފުން ތިބީ އެންމެ ދަށް ރޭންކު، ޖީއެސް-3 ގަ އެވެ. ނަމަވެސް، އޮނިގަނޑުތައް މީގެ ކުރިން ހަދާފައިވަނީ އެ މުވައްޒަފުންނަށް ކުރިއަށް ދެވޭ ގޮތަކަށް ނޫނެވެ.