10 އަހަރުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓުދީ، ބިރުދެއްކި މައްސަލައެއް
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 2:36
މެދު ރާއްޖެތެރޭގެ ރަށެއްގައި ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދީ ބިރުދެއްކި ކަމަށް ބުނާ މައްސަލައެެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީީޑިއާގައި އެ ކުއްޖާގެ ބައްޕަ ބުނީ އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު، މަޣުރިބު ނަމާދަށް ދިޔަ މަގުމަތީގައި، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަހައްޓާ 17 އަހަރުގެ ދެ ކުއްޖަކު އޭނާއަށް ބިރުދައްކާފައި ކަމަށެވެ.
އެކަން ކުރީ ގަދަކަމުން އެ ކުއްޖާ ފަޅު ތަނަކަށް ގެންދިއުމަށް ފަހު ކަމަށް ވެ އެވެ.