މޯލްޑިވިއަނުން ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފުތާއަކު ފަސް ފްލައިޓް
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 3:30
މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފްތާއަކު ފަސް ފްލައިޓް ބާއްވަން ނިންމައިފި އެވެ.
ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން ބުނީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ ދެ މަންޒިލް ކަމަށްވާ ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް އިތުރު ކުރުމުގެ ގޮތުން އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ދެ ސިޓީއަށް ހަފްތާއަކު ފަސް ފްލައިޓް ބާއްވާނެ ކަމަށެވެ.
އެހެންވެ، އާދިއްތަ ދުވަހާއި އަންގާރަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ދަތުރުތައް ބާއްވާނެ އެވެ.