މިޔަންމާއިން 1،600 ސްކޭމަރުން ހައްޔަރުކޮށްފި

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 6:47

މިޔަންމާ އާއި ތައިލެންޑް ގުޅޭ ބޯޑަރު ސަރަހައްދުގައި ސެންޓަރުތައް ހަދައިގެން ފުޅާ ދާއިރާއެއްގައި ކުށްކުރަމުން ދިޔަ ސްކޭމަރުންގެ ގާތްގަނޑަކަށް 1،600 މީހުން ހައްޔަރުކޮށްފައިވާ ކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.

މީޑިއާއަށް ވަރަށް ބޮޑަށް އާންމުކޮށްގެން ފަސް ދުވަހަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އަތުލައިގަތް އެންމެންނަކީ ވެސް މިޔަންމާ ސަރުކާރުން ބުނި ގޮތުގައި އެހެން ގައުމުތަކުގެ މީހުންނެވެ.

ހަނގުރާމައިގެ ސަބަބުން ހަމަޖެހުން ގެއްލިފައިވާ މިޔަންމާގެ ބޯޑަރު ސަރަހައްދުގައި ސްކޭމް ފެކްޓްރީތައް ވަނީ އިންތިހާއަށް ގިނަވެފަ އެވެ. ލޯތްބާއި އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ފުރުސަތުތަކުގެ ދަޅަ ދައްކައިގެން އިންޓަނެޓްގައި މީހުން މަޅީގައި ޖައްސާ އެތައް ހާސް ސްކޭމަރުންނެއް އެ ތަންތަނުގައި ހަރަކާތްތެރި ވެ އެވެ.

މައުޟޫޢުތަށް