ހުޅުމާލެ ފަރަށް ގެއްލުން ދިން މީހުންގެ މައުލޫމާތު ލިބިއްޖެ، ތަހުގީގުކޮށް ފިޔަވަޅު އަޅާނަން: އީއާރުއޭ
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 3:34
ހުޅުމާލޭ ފަރުމަތިން "ނެރެއް" ހަދަން އުޅުނީ ހުއްދަ ނުނަގައި ކަމަށާއި އެކަމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޗީފް އެގްޒެކްޓިވް ހައްސާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ 1 ގެ އިރުމަތީ ފަރާތުގައި އެންމެ ރީއްޗަށް ބީޗް އޮންނަ އަދި ގެސްޓް ހައުސްތައް ގިނަ ސަރަހައްދުގެ ފަރަށް ގެއްލުންދީ ނެރެއް ގޮތަށް ކަނޑައި މަގެއް ހެދީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ވަރަށް ބޮޑަށް ދިޔަވަރު ހިކިފައި އޮއްވަ އެވެ.
އެ މައްސަލާގައި ހައްސާން، "މިހާރު" އަށް ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް ވާހަކަ ދައްކާފައިވަނީ އެޗްޑީސީއާ ކަމަށާއި އެކަން ކުރި ފަރާތްތަކުގެ މައުލޫމާތު، އެ ކުންފުނިން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.