އަސީލް މަރާލި މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 3:49

މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަސީލް އަހުމަދުގެ މަރުގެ މައްސަލާގައި ދައުވާލިބުނު މީހުންނަށް ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ ގޯޅި ތެރޭގައި އޮގަސްޓް، 2014 ގައި ގްރޫޕަކުން ގޮސް އަސީލަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާކުރީ ގދ. ތިނަދޫ ސްވީޓްޑްރީމް، އަހުމަދު ނިމްޝާދާއި ހުޅުމާލޭ 10118 އަހުމަދު ޝިރުހާން ޖައުފަރާއި ދަފްތަރު ނަމްބަރު 6566، އިސްމާއިލް ރިފާއު އާއި ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދުގެ އިތުރުން މ. ގޯލްޑްބާޑްލިލީ ހަސަން އިސާމް މުހައްމަދު އަދި މއ. ރާޅުއެރިގޭ ޝާރިފް ޝަރީފްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުގައި ހެކި ލިބިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި އޮތަސް، އެގޮތަށް ނިންމި ސަބަބެއް އެ ނިންމުމުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ހެކިތަކުން ދެނެގަނެވޭ ކަންކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައިނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މައުޟޫޢުތަށް