އިޒްރޭލަށް ޖާސޫސްކޮށްދިން ބަޔަކަށް ޔަމަނުގައި މަރުގެ އަދަބުދެނީ

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 6:52

ޔަމަނުގެ 17 މީހަކު އިޒްރޭލާއި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސައުދީއަަރަބިއްޔާއަށް ޖާސޫސްކޮށްދިންކަމުގެ ކުށް ސާބިތުވާ ކަމަށް ޔަމަނުގެ ހޫތީންގެ ކޯޓަކުން ކަނޑައަޅައި، އެ މީހުންނަށް މަރުގެ ހުކުމް އިއްވައިފި އެވެ.

ހޫތީންގެ އައްސަބާ ނޫސްއެޖެންސީން ބުނީ 17 މީހަކަށް މަރުގެ އަދަބުދޭން ސަންއާގައި ހުންނަ އެ ކޯޓަކުން ހުކުމް އިއްވީ އިޒްރޭލާއި އެމެރިކާ އަދި ސައުދީއަރަބިއްޔާގެ ޖާސޫސީ އިދާރާތައް ގުޅިގެން ހިންގާ ޖާސޫސީ ނެޓްވޯކެއްގައި ބައިވެރިވާ ހާއިނުންގެ ސެލްތަކެއް އެ މީހުން ހިންގިކަން ސާބިތުވުމުން ކަމަށެވެ.

އަައްސަބާ ނޫސްއެެޖެންސީން ބުނި ގޮތުގައި ކޯޓުން ހުކުމްކުރީ އެ މީހުންގެ ގަޔަށް ބަޑިޖަަހައި މެރުމަށެވެ.

މައުޟޫޢުތަށް