އިމިގްރޭޝަން ފުރިހަމަ އަށް ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 5:17

މޯލްޑިވްސް އިމިގްރޭޝަަނުން މި މަހުގެ 10 ވަނަ ދުވަހު އިފްތިތާހުކުރި އިލެކްޓްރޯނިކް ވިސާ ނިޒާމަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެ އިދާރާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން ރާއްޖޭގައި ބިދޭސީއަކު ހުންނަން ވިސާ އޮތް ކަމަށް ބަލާނީ އީ-ވިސާ ޖެހުމުން ކަމަށެވެ. އެ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ ވިސާ އެއީ ވިސާ އޮތުން ކަމަށް ނުބަލާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުވައި ރާއްޖޭގައި މަސަައްކަތްކުރާ ބިދޭސީންގެ އީ-ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވޯކްޕާމިޓްގެ މުއްދަތަށެވެ.

މައުޟޫޢުތަށް