އެސްޓީއޯ އިން މަޝްހޫރު "ޑައިސަން" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 4:50
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ މާކެޓަށް އިނގިރޭސި ވިލާތުގެ މަޝްހޫރު "ޑައިސަން" ބްރޭންޑުގެ އުފެއްދުންތައް ތައާރަފު ކޮށްފި އެވެ.
ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބާޒާރަށް ނެރުނު ޑައިސަންގެ އުފެއްދުންތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވެސް މަގުބޫލު އެ ބްރޭންޑުގެ ހެޔާ ޑްރަޔާ އާއި ހެއާ ސްޓްރެއިޓްނާ ފަދަ އިސްތަށިގަނޑު ސްޓައިލް ކުރާ ބާވަތްތައް ހިމެނެ އެވެ. މިއީ މިފަދަ ޕްރޮޑަކްޓުތަކުން އާއްމުކޮށް އިސްތަށިގަނޑަށް ލިބޭ ހީޓް ޑެމޭޖުން ރައްކާތެރިކޮށްދޭ ފަދަ ޓެކްނޮލޮޖީއެއް ހިމެނޭ އުފެއްދުންތަކެކެވެ.
އެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބޭއްވި ހާއްސަ އިވެންޓުގައި އަނާ ސެލޫންއާ ގުޅިގެން މި ޕްރޮޑަކްޓުތައް ބޭނުން ކުރާނެ ގޮތް، އެ ސެލޫންގެ ސްޓައިލިސްޓުން ވަނީ ދައްކާލައިފަ އެވެ.