ހަމާސް އާއި ހިޒްބުﷲ އަށް ހަމަލާ ދިނުން ހުއްޓައެއްނުލާނަން: ނަތަންޔާހޫ

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 6:58

ހަމާސް އާއި ހިޒްބުﷲ އަލުން ބާރު ގަދަވެ އެނބުރި އަންނަން ފުރުސަތު ނުދޭނެ ކަމަށާއި އެހެންވެ އެ ދެ ޖަމާއަތަށް ހަމަލާ ދިނުން ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

މިދިޔަ ހަފްތާގައި އިޒްރޭލުން ވަނީ ލުބްނާންގެ އެކި ތަންތަނަށް ހަމަލާ ދިނުމުގެ އަމަލުތައް ވަރުގަދަކޮށްފަ އެވެ. މިއީ ހިޒްބުﷲ އިން ހަމަލާ ދިނުމަށް ބޭނުންކުރާ ތަންތަނާއި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް އިޒްރޭލުން ހޮނިހިރު ދުވަހު ވެސް ޣައްޒާގެ އެކި ތަންތަނަށް ހަމަލާދީ 21 މީހަކު ޝަހީދުކޮށްލި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް