ޚާމަނާއީ އަވަހާރަކޮށްލަން ނޫޅުމަށް އީރާނުން އިންޒާރު ދީފި

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 6:38

އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލަން އެމެރިކާ އާއި އިޒްރޭލާއި ބޭރުގެ އެހެން ގައުމަކުން ވެސް މަސައްކަތް ނުކުރުމަށް އީރާނުން އިންޒާރު ދީފި އެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ޚަތީބުއާ ހަވާލާދީ އެ ގައުމުގެ އިސްނާ ނިއުސް އެޖެންސީން ބުނީ ގައުމުގެ އެންމެ އިސް ލީޑަރު އަވަހަރާކޮށްލުމުގެ ނިޔަތުގައި ދުޝަމުން ބައެއް ފަހަރު ސީދާ ގޮތުން އަދި ބައެއް ފަހަރު ދެކޮޅުވެރި ހަމަލާތަކުގެ ގޮތުގައި މަސައްކަތްކުރާ ކަމަށެވެ.

ޚަތީބު މި ވާހަކަ ދެއްކެވީ ޚާމަނާއީއަށް އަމާޒުކޮށް ހަމަލާއެއް ދޭން ބަޔަކު ކުރި މަސައްކަތެއް ފަޅާއެރުމުން ކަމެއް ނުވަތަ އެހެން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. އެކަމަކު މިދިޔަ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ކުރިން، ޚާމަނާއީ އަވަހާރަކޮށްލަން ޖާސޫސީ އިދާރާތަކުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އީރާންގެ އޮފިޝަލުން އާންމުކޮށް ވާހަކައެއް ނުދައްކަވަ އެވެ.

މައުޟޫޢުތަށް