ގަވާއިދާ ހިލާފް މަސްވެރިކަން ހުއްޓުވަން ފިޔަވަޅު ވަރުގަދަ ކުރަނީ

މިހާރު

23 ނޮވެމްބަރު 2025 | އާދިއްތަ | 8:07

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ފަރާތްތައް ދެނެގަތުމަށް ސެކިއުރިޓީ ވަރުގަދަ ކުރަން ބޭނުންވާ އާލާތްތައް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ 64 ބިލިަން ރުފިޔާގެ ބަޖެޓްގެ ބަޖެޓް ފޮތުގައިވާ ގޮތުން އަންނަ އަހަރު މަސްވެރިކަމަށް ހާއްސަކޮށް 556 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް މަސްވެރިންނަށް ދެނީ މިފްކޯ މެދުވެރިކޮށެވެ. އެެގޮތުން 280 މިލިއަން ރުފިޔާ މިފްކޯއަށް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ދެނެގަތުމަށްޓަކައި ފިޝަރީސް މޮނިޓަރިން ސެންޓަރު ހަރުދަނާކުރަން ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި ވެސަލް މޮނިޓަރިން ސިސްޓަމާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓަމް ބަހައްޓަން ވެސް ހިމަނާފައިވެ އެވެ.

މައުޟޫޢުތަށް