ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 8:07
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލަށް ތުހުމަތުވާ މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ ތުހުމަތުގައި ފައިސަލްގެ މައްސަލައެއް އޭސީސީން ބަލަން ފެށީ ފުލުހުންގެ ފަރާތުން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުން ކަމަށް އެނގިފައިވެ އެވެ. އަދި ފައިސަލްއާ ގުޅޭ މައްސަލައެއް ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރަކަށް ތުހުމަތުވާ މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.