ފޭދޫ އިއްބެގެ ބައިސްކަލް ކިކް ގޯލެއް، އީގަލްސް ހަތަރަކަށް
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 9:12
އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ގެ ބައިސްކަލް ކިކް ގޯލާ އެކު ވެލެންސިއާ ބަލިކޮށް އީގަލްސްއިން ހަތަރުވަނަ އަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 3-0 ންނެވެ.
އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 55 ވަނަ މިނެޓްގައި އިއްބެ ޖެހީ ބައިސްކަލް ކިކް ގޯލަކުންނެވެ.