ފައްޔާޒު، އެމްޑީޕީގެ ޗެއާޕަސަންގެ މަގާމުން އިސްތިއުފާ ދެއްވައިފި
މިހާރު
23 ނޮވެމްބަރު 2025 | އާދިއްތަ | 11:12
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މީގެ އިރުކޮޅެއް ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ފައްޔާޒު ކުރިން ވިދާޅުވެފައި ވެ އެވެ.