ސްކުއިޑް ގޭމްގެ އެމެރިކާގެ ސީރީޒް ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 6:46

ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"އަށް ބިނާކޮށް އުފައްދާ އެމެރިކާގެ ސްޕިން-އޮފް ސީރީޒް ޑައިރެކްޓުކުރަނީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ފިންޗާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮލައިޑާގެ ރިޕޯޓެއްގައި ބުނީ "ސްކުއިޑް ގޭމް"ގެ އުފެއްދުންތެރިޔާ ހުވަންގް ދުން-ޔުކްގެ މޭސްތެރިކަމުގެ ދަށުން އެ ސީރީޒްގެ އެމެރިކާގެ ސްޕިން-އޮފް ޑައިރެކްޓުކުރާނީ "ގޯން ގާލް" އާއި "ޒޮޑިއެކް" ކަހަލަ މަޝްހޫރު ފިލްމުތައް ގެނެސްދީފައިވާ ފިންޗާ ކަމަށެވެ.

އެ ސީރީޒްގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީގައި ފަށާނެ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

މައުޟޫޢުތަށް