ޓްރަމްޕު ހަރަދު ކުޑަކުރަން އުފެއްދި އޮފީސް "ސިއްރުން" އުވާލައިފި

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 6:38

އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރުމަށް މަހުޖަނު އީލޮން މަސްކާ ހަވާލުކޮށްގެން ރައީސް ޑޮނަލްޑް ޓްރަމްޕު ހިންގެވި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޯޖް) މުއްދަތުގެ މާ ކުރިން އުވާލައިފި އެވެ.

އެމެރިކާ ސަރުކާރުގެ ސައިޒު ކުޑަކޮށް، ބޭކާރު ހަރަދުތައް ކުޑަކުރުމުގެ ނަމުގައި ޓްރަމްޕާއި މަސްކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ފެއްޓެވި އޮފީހުގެ މަސައްކަތުން ހަރަދުތަކެއް ކުޑަވިޔަސް މާނަހުރި ގޮތެއްގައި ބޮޑު ހަރަދެއް ކުޑަ ނުވާ ކަމަށް، ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

"މިހާރު އެ އޮފީހެއް ނެތް،" މިހާރު ޑޯޖްގެ މަސައްކަތަކީ ކޮބައިތޯ ސުވާލުކުރުމުން، އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓްގެ ޑިރެކްޓަރު ސްކޮޓް ކޫޕޯ ރޮއިޓާސް އަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް