ޓްރޭޑްކުރުމުގެ ނަމުގައި އަނެއްކާވެސް ޕޮންޒީ ސްކީމެއް؟
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 9:32
ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑުގޮތެއްގައި ހިންގާ އެ ޕޭޖުން ބުނަނީ 22،000ރ. އިންވެސްޓްކޮށްގެން އެންމެ މަދުވެގެން ވެސް ފައިދާއަށް 90،000ރ. ލިބޭނެ ކަމަށެވެ.
މިއީ އެހާ ޔަގީންކޮށް ވާ ކަމެއް ހެއްޔެވެ؟ މިއީ ފޮރެކްސް ޓްރޭޑިންގައި އެއްވެސް މީހަކަށް މިހާ ކަށަވަރުކޮށް ބުނަން އެނގޭ ކަމެއް ހެއްޔެވެ؟
މިކަން މިހާ ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރާ އިރު މިކަމުގައި ހުރި ހަމަނުޖެހޭ ކަންކަމަށް ބަލައިލަން ޖެހެ އެވެ.