މުސާރަ މައްސަލާގައި ޖުޑިޝަރީ މުވައްޒަފުން އިހުތިޖާޖު ކުރުމަށް ކަޅު ހެދުމުގައި އޮފީހަށް

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 9:35

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ސަރުކާރުން މިދިޔަ މަހު ގެނައި ބަދަލާ އެކު، މި މަހުން ފެށިގެން މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ، އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު އޮފީހަށް ގޮސް، ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައިކޯޓާއި ޑްރަގު ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގަ އެވެ.

މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ބައެއް ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓާއި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

މައުޟޫޢުތަށް