ބެންގަލޫރު ބޭންކަކުން 70 މިލިއަން ރުޕީސް ފޭރުނު ބަޔަކު ހައްޔަރުކޮށް ފައިސާތައް ހޯދައިފި

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 9:53

އިންޑިއާގެ ބެންގޫލުގައި ބޭންކަކުން ވެހިކަލެއްގައި ފައިސާ ހިފައިގެން ދަނިކޮށް މަރުކަޒީ ބޭންކުގެ އޮފިޝަލުން ކަމަށް ހެދިގެން ތިބި ބަޔަކު ގޮސް ވެހިކަލް ހުއްޓުވައި އޭގައި ހުރި 70 މިލިއަން ރުޕީސް (800،000 ޑޮލަރު) ފޭރުނުތާ ތިން ދުވަސް ފަހުން މީހުން ހައްޔަރުކޮށް ފައިސާގެ ބޮޑު ބައެއް ހޯދައިފި އެވެ.

ދިވެހި 12 މިލިއަނަށް ވުރެ ރުފިޔާގެ އަގުހުރި ފައިސާ ފޭރުނު މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށް 57.6 މިލިއަން ރުޕީސް މިހާރު ހޯދާފައިވާ ކަމަށް ބެންގަލޫރު ފުލުހުން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.

ބެންގަލޫރު ޕޮލިހުންގެ ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް އާ ހަވާލާދީ ބީބީސީން ބުނީ ހަތް ވަނަ މީހާ ހައްޔަރުކުރީ ފަހުން ކަމަށާއި އެ މީހާގެ އަތުގައި ހުރި ފައިސާގެ އަދަދު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ދޭއް ނުވަތަ ތިން މީހަކު އަދިވެސް މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް