ނަބާހާ އާއި ނަބީހާގެ ޕެއާއަށް ބޮޓްސްވާނާ މުބާރާތުން ރިހި، ޒަޔާން އައި ނަބާހާ އަށް ލޯ މެޑަލް
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 9:36
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި އަމިއްލަ ގޮތުން ވާދަކުރަމުންދާ ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމީނަތު ނަބީހާ އަބްދުރައްޒާގް ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދައިފި އެވެ.
އިއްޔެ ނިމުނު މުބާރާތުގެ ފައިނަލުން ނަބާހާ އާއި ނަބީހެ ދެބެއިންނާ ދެކޮޅަށް ނުކުތީ މިދިޔަ ހަފުތާގައި ޒެމްބިއާ މުބާރާތުގެ ފައިނަލުގައި ވެސް އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ދެކުނު އެފްރިކާގެ ޕެއާ އެވެ.
އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްގެ ޕެއާ ދެކޮޅަށް ޒެމްބިއާ މުބާރާތުގައި ފައިނަލުގައި ބަލިވީ ސީދާ ދެ ސެޓުންނެވެ. އެކަމަކު މިފަހަރު އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ފުރަތަމަ ސެޓް ގެންދިޔާއީ ނަބާހާ އާއި ނަބީހާގެ ޕެއާ އެވެ.