އެމްޑީޕީގެ އެތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ: ފައްޔާޒް

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 11:01

ފައްޔާޒްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ "އެއް އުރައެއްގައި ތިން ކަނޑިއަކަށް ނޯވެވޭނެ،" ކަމަށް.

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީއެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މީޑިއާ އަށް ބަންދު ކޮށްގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ފަހު، ފައްޔާޒް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާ ކަމަށާއި އޭނާއަކީ އެ ޕާޓީގެ ފަރާތުން އެ ޝައުގުވެރިކަން ރަސްމީކޮށް މިހާތަނަށް ފާޅުކުރެއްވި ހަމައެކަނި ބޭފުޅާ ކަމަށެވެ. އެ ޓިކެޓަށް ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް ޕާޓީގައި ތިއްބެވުމުގެ ސަބަބުންނާ އެކު، ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މައުޟޫޢުތަށް