މިލަންދޫ ފަރަށް އެރި ސިންގަޕޫރުގެ ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 12:37

ށ. މިލަންދޫ ފަރަށް މިދިޔަ އަހަރު އެރި ސިންގަޕޫރު ކުންފުންޏެއްގެ ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓާކޮށްފައިވާ "ޝްވޭ ލިން ޔޯން" (އައިއެމްއޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓު މިލަންދޫ ފަރަށް އެރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.

އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ފަރުމަތިން ފުންކޮށް ނަގާފައި ވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ އަހަރު ނޮވެމްބަރު ހަތެއް އަދި އަށެއްގައި އެ ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި ސަވޭޔަރުންނާ އެކު، އެ އޮތޯރިޓީން ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށް އީއާރުއޭ އިން ބުންޏެވެ.

މައުޟޫޢުތަށް