ފެނަކައިގެ އާމްދަނީ ރަނގަޅު، ހަމައަކަށް ނޭޅެނީ ކުރީގެ އިހުމާލު ބޮޑުކަމުން: ނަޖާހް

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 3:15

މިހާރުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ވެސް ފެނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުވުމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުހެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޖާހް ވިދާޅުވީ ފެނަކަ އަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނަށް ބައެއް ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކުގެ ލިޔެކިއުން ފުރިހަމަކޮށްފައި ނެތުން ކަމަށެވެ. ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށާއި ފޭކް އެއްޗެހި ގެނައީ ކޮންބައެއްތޯ ބެލުން ފަދަ މަސައްކަތްތައް ވެސް އުނދަގޫވެފައި ވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރު ވެފައި އޮތް އިހުމާލު އަސްލު ވަރަށް ބޮޑު. ބޮޑުވީމާ އަޅުގަނޑުމެންނަށް، ދެ އަހަރު ވީއިރު މިސަރުކާރަށް މި ކުންފުނި ހަމައަކަށް ނޭޅުވިގެން. މިއުޅެނީ. އަސްލު މި ކުންފުންޏަކީ ފައިސާ ވެސް ހަމަ [ވާ ކުންފުންޏެއް]. ދެން އަޅުގަނޑުމެންނަކީ މާބޮޑު ފައިދާއަކަށް މަސައްކަތް ކުރާ ބައެއް ނޫން. އެހެން ނަމަވެސް ހިދުމަތް ދިނުމުގައި ބުރޫ ނާރާ ވަރަށް ފައިސާ ވެސް ކުންފުންޏަށް ވަދޭ،" ނަޖާހް ވިދާޅުވި އެވެ.

މައުޟޫޢުތަށް