އޮސްޓްރޭލިއާގެ މަޖިލިސް މެންބަރަކު މޫނުބުރުގާގައި ޖަލްސާއަށް ވަދެ ފުރައްސާރަކޮށްފި

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 10:12

އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާއާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕެއިންގައި މަޖިލީހުގެ ޖަލްސާއަށް މޫނުބުރުގާގައި ވަނުމުން މައްސަލަ ހޫނުވެއްޖެ އެވެ.

މޫނުބުރުގާ އަޅައިގެން ޖަލްސާއަށް ވަނީ ހިޖުރަކުރާ މީހުންނާ ދެކޮޅު ވަން ނޭޝަން ޕާޓީގެ އަންހެން މެންބަރު ޕައުލިން ހޭންސަން އެވެ. އޭނާ އަކީ މޫނު އެއްކޮށް ނިވާވާ ގޮތަށް ބުރުގާ އެޅުން އޮސްޓްރޭލިއާގައި މަނާކުރުމަށް ކެމްޕެއިން ކުރާތާ އެތައް ދުވަހެއް ވެފައިވާ އަދި މިކަމާ ބެހޭ ގޮތުން ސެނެޓަށް ބިލެއް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ.

އޭނާ މޫނުބުރުގާގައި މަޖިލިސް ޖަލްސާއަށް ވަދެ އޭނާގެ ގޮނޑީގައި އިށީނީ މޫނުބުރުގާ މަނާކުރުމަށް އޭނާ ހުށަހެޅި ބިލަށް މެންބަރުންގެ ތާއީދު ނުލިބުމުން ޖަލްސާ ދޫކޮށް ނުކުމެގެން ދިއުމަށް ފަހުގަ އެވެ.

މައުޟޫޢުތަށް